تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 40 –

(ޝީޢީންގެ) ރާފިޟީންނަކީ އެއްވެސް ވަރަކަށް ސުންނަތް ޤަބޫލު ނުކުރާ ބައެކެވެ. އެހެނީ އެބައިމީހުންގެ ޢަޤީދާގައިވާ ގޮތުން ޞަޙާބީ ބޭކަލުންކުރެ މަދު ބޭކަލެއް މެނުވީ އެއީ މުރުތައްދުވެފައިވާ ބައެކެވެ. އެހެންކަމުން އެބޭކަލުންގެ ފުށުން އައިސްފައިވާ އެންމެހާ ޙަދީޘްތަކަކީ އެބައިމީހުން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. އަދި ވަކިން ޚާއްޞަކޮށް ރާފިޟީން ތުހުމަތުކުރަނީ ޞަޙާބީ ބޭކަލުންނަކީ އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމުގައި ދޮގުހަދާ، ޚިޔާނާތްތެރިވެފައިވާ ބައެއް ކަމުގައެވެ. އަދިވެސް އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެބޭކަލުންވަނީ ކީރިތި ޤުރުއާނުގެ ދިހަބައިކޮށްފައި ނުވަބައި ފޮރުވާފައެވެ. ޝީޢީން […]