ފަތުވާ: މަރުވެފައިވާ މީހެއްގެ މަތިން ޙައްޖާއި ޢުމްރާ އަދާކުރުން

މައްޔިތާގެ މަތިން ޙައްޖާއި ޢުމްރާ އަދާކުރުމަކީ އެންމެ ހެޔޮވެގެންވާ އެއް ޢަމަލެވެ. އޭގެ ސަބަބުން މަރުވެފައިވާ މުސްލިމު އަޅާއަށް ނުހަނު ފައިދާ ކުރާނެއެވެ. މިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ އެކި ފަހަރު މަތިން ސުވާލުދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވި(ބަސްފުޅުގެ މާނައިގައިވެ)އެވެ. “ތިބާގެ ބައްޕަގެ މަތިން ޙައްޖުވާށެވެ.” އަދި ސުވާލުކުރި އަންހެނަކަށް ޙަދީޘްކުރެއްވިއެވެ. ކަނބުލޭގެ ބައްޕަގެ މަތިން ޙައްޖުވާށެވެ.” އަދި އެހެން ބޭކަލަކަށް ޖަވާބުދެއްވިއެވެ. “ތިބާގެ މަންމަގެ މައްޗަށް (ޙައްޖުވާށެވެ.)” އަދި މީހަކު ބުނާތީ […]