އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 8

ޤަވާޢިދު: الـمُفْتِـي مُخْبِرٌ عَنِ الـحُكْمِ لَا مُلْزِمٌ بِهِ މި ޤަވާޢިދުގެ ތަރުޖަމާ: {މުފްތީއަކީ ޙުކުމުގެ ޚަބަރުދޭ ފަރާތެއް، ޙުކުމް ލާޒިމުކުރާ ފަރާތެއް ނޫން} މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދަކީ މުފްތީގެ ވަޒީފާއަކީ ކޮބައިކަން ބަޔާންކޮށްދޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ދެ ބައެއް އެބަ ހިމެނެއެވެ. ފުރަތަމަ ބައިގައި ބަޔާންވެފައި އެވަނީ، މުފްތީއަކީ ޝަރުޢީ ޙުކުމުގެ ޚަބަރުދޭ ފަރާތެއް ކަމުގައެވެ. އެއީ، ދިމާސީދަލަށް ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުން ކަމުގައިވިޔަސް، ނުވަތަ މުޖުތަހިދު އިމާމުންކުރެ އެ […]