ފަތުވާ: މީހަކު ނިދާ ހޭލިއިރު ހެދުމުން ތެތްކަމެއް ފެނުން
![](https://dhisalafiyyah.net/wp-content/uploads/2016/11/thekkan.jpg)
މީހަކު ނިދާ ހޭލިއިރު އޭނާގެ ހެދުމުގައި ތެތްކަމެއް ފެނުމުން ހިނައިގަތުން ވާޖިބުވާނެ ހެއްޔެވެ؟ ނިދާ ހޭލިއިރު ތެތްކަމެއް ފެންނަ މީހުން ވާހުށީ ތިން ޙާލަތެއްގެއެވެ. ފުރަތަމަ ޙާލަތަކީ: އޭނާއަށް އެފެނުނު ތެތްކަމަކީ މަނިކަމަށް ޔަޤީންވުމެވެ. އެހެންވެއްޖެނަމަ ހިނައިގަތުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. އެއީ އިޙްތިލާމުވިކަން [1] ހަނދާން ނުވިޔަސްމެއެވެ. ދެވަނަ ޙާލަތަކީ: އޭނާއަށް އެފެނުން ތެތްކަމަކީ މަނި ނޫންކަމަށް ޔަޤީންވުމެވެ. އެޙާލަތުގައި ހިނައިގަތުން ވާޖިބެއް ނުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ވާޖިބުވަނީ އެޖެހިފައިވާ ތަނެއް ދޮވުމެވެ. […]