سورة الضحى ގެ ތަފްސީރު 7

﴿فَأَمَّا الْيَتِيمَ فَلَا تَقْهَرْ﴾ މާނައީ: “ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!” أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ، ގުޅިފައިވަނީ މިއާޔަތެވެ. އެބަހީ: ފަހެ ކަލޭގެފާނު ޔަތީމަކުކަމުގައިވަނިކޮށް ﷲ ތަޢާލާ ކަލޭގެފާނަށް ހިޔާވެހިކަންދެއްވާފައިވާތީ ފަހެ ކަލޭގެފާނު ޔަތީމުކުއްޖާ ނިކަމެތިކޮށް ނުލާހުށިކަމެވެ. އަދި ކިއެއް ހެއްޔެވެ. ޔަތީމުކުއްޖާއަށް ހެޔޮކޮށް ހިތާށެވެ. ޔަތީމުންނަށް އިޙްސާންތެރިވުމާއި ހެޔޮކޮށްހިތުމަކީ ޝަރީޢަތުގެ އަމުރުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ޝަރީޢަތުގެ ހެޔޮކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ބާލިޣުވުމުގެ ކުރިން އޭނާގެ ބައްޕަ މަރުވެފައިވާ […]