سورة الضحى ގެ ތަފްސީރު 9

﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴾ މާނައީ: “އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރައްބު ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!” ބަޔާންވެ ދިޔަ ތިން އާޔަތުގައި މާތް ﷲ ރަސޫލުﷲ ﷺ އަށް ދެއްވެވި ކަމަށް ޛިކުރުކުރައްވައިފައިވާ ނިޢުމަތްތަކެވެ. އެއީ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ . މިތިން އާޔަތުން ނިޢުމަތްތައް ފުރިހަމަކޮށްދެއްވިއެވެ. ﷲ ދެއްވެވި ނިޢުމަތްތަކާމެދު ވާހަކަ ދައްކަވާށެވެ. ބުނާށެވެ: ތިމަން ޔަތީމެއްގެ ހާލުގައިވީމެވެ. ފަހެ ﷲ […]