سورة التكاثر ގެ ތަފްސީރު 3
އެއަށްފަހު އެއިލާހު ވަޙީކުރެއްވިއެވެ. كَلَّا سَوْفَ تَعْلَمُونَ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾ މާނައީ: ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. [3] ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. [4] “ ﴿ كَلَّا ﴾ ގެ މާނައަކީ ބިރުގެންނެވުންކަމުގައިވެސް ބުނެވެއެވެ. އެބަހީ: ތިޔަބައިމީހުން އެފަދައިން ގިނަކުރުމަށް ބިރުވެތިވާށެވެ. އަދި އޭގެ މާނައަކީ: ޙައްޤުގޮތުގައިކަމުގައިވެސް ބުނެވެއެވެ. އަދި ﴿ سَوْفَ تَعْلَمُونَ ﴾ ގެ މާނައަކީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކުގެ ނިމުން […]