سورة التكاثر ގެ ތަފްސީރު 5
﴿ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ﴾ މާނައީ: “ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ.” އެބަހީ: އެމަތިވެރިވެގެންވާ މަޤާމުގައި އެހިނދުން ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުވެވޭނެއެވެ. މިއާޔަތުގެ މުރާދާމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެއީ ކާފިރުންނާ ސުވާލުވެވުންތޯ ނުވަތަ މުއުމިނުންނާ ކާފިރުންނާވެސް ސުވާލުވެވުންތޯއެވެ. ރަނގަޅު ގޮތަކީ: ދެބައިމީހުންނާވެސް އެދުވަހުން ނިޢުމަތްތަކާމެދު ސުވާލުވެވޭނެކަމެވެ. ނަމަވެސް ކާފިރުންނާ ސުވާލުކުރެވޭނީ އެބައިމީހުން ބަދުނާމުވެ ދެރަވާ ގޮތަށެވެ. އަދި މުއުމިނުންނާ ކުރެވޭނީ އެބައިމީހުންނަށް އެނިޢުމަތްތައް ހަނދުމަކޮށްދެވޭ ގޮތަށެވެ. މިއާޔަތުގައި […]