އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13

ޤަވާޢިދު: إِذَا تَكَرَّرَتِ الوَاقِعَةُ يَلْزَمُ الـمُجْتَهِدَ تَكْرِيْرُ النَّظَرِ މި ޤަވާޢިދުގެ ތަރުޖަމާ: {ހާދިސާ ތަފާތުވެއްޖެނަމަ، އަލުން ނަޒަރުހިންގުން މުޖުތަހިދަށް ލާޒިމުވާނެ} މި ޤަވާޢިދުގެ މުރާދު: ދިމާވި ހާދިސާއެއްގައި ނުވަތަ ކަމެއްގައި މުޖުތަހިދު ޢިލްމުވެރިޔާ އިޖުތިހާދުކުރައްވައި، އެ ބޭފުޅާގެ އިޖުތިހާދާއި އެއްގޮތްވާ ގޮތުގެ މަތިން ފަތުވާދެއްވައިފިނަމަ، ދެން ހަމަ އެފަދަ ހާދިސާއެއް ނުވަތަ ކަމެއް ފަހުން ހިނގައިފިނަމަ، އެ ހާދިސާއަށް ނުވަތަ ކަންތަކަށް ނަޒަރުހިންގައި އަލުން އިޖުތިހާދުކުރުން އެ ބޭފުޅާއަށް ވާޖިބުވާނެއެވެ. ކުރިން އެ ބޭފުޅާ […]