[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: މީހަކު މަރުވުމުން ސުކޫތުގައި ކޮޅަށްތިބުން

މީހަކު މަރުވުމުން އެކަމާ ހިތާމަފާޅުކުރުމުގެ ގޮތުން ކުޑަވަޤުތުކޮޅަކު ، މިޘާލަކަށް މިނެޓެއް ވަންދެން، ސުކޫތުގައި ތިބުމަކީ ކޮންކަހަލަކަމެއް ހެއްޔެވެ؟ الحمد لله ޝަހީދުން ނުވަތަ ބޮޑެތިމީހުން ނުވަތަ އެހެންބަޔަކުވިޔަސް މަރުވުމުން އެމީހުންގެ ފުރާނައަށް މާތްކޮށްހިތުމުގެ ގޮތުން ސުކޫތުގައި ކޮޅަށްތިބުމަކީ މުންކަރާތެކެވެ. އަދި އެއީ ނަބިއްޔާ صلى الله عليه وسلم އާއި ޞަހާބީ ބޭކަލުންނާ އަދި ޞާލިޙުބޭކަލުންވެސް ކުރައްވާފައިވާ ނުވާ، އަލަށް ތަޢާރަފުކޮށްފައިވާ ބިދުޢައެކެވެ. އެއީ ﷲ މަތިވެރިކުރުމާއި އެއިލާހަށް އިޚުލާޞްތެރިވުމާއި އެއިލާހު އެއްކައުވަންތަކުރުމުގެ އަދަބާ ޚިލާފުކަމެކެވެ. […]