ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތައް

މިލިޔުމުގައި ބަލައިލެވިފައިވާނީ ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތަކަށާއި، ރަނގަޅު ނަތީޖާއެއް ހޯދުމަށް އެހީވެދޭ ބައެއް ކަންތައްތަކުގެ މައްޗަށެވެ. މި މަޢުލޫމާތުތައް ނެގިފައިވަނީ ފިލާވަޅު ދަސްކުރުމުގެ ފަންނާއި ބެހޭގޮތުން ކަމުގެ މާހިރުން ލިޔުއްވާފައިވާ ބައެއްލިޔުންތަކުންނާއި، އަދި ޢިލްމު އުނގެނުމުގެ އުސްލޫބުތަކާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ލިޔުއްވައިފައިވާ ބައެއް ލިޔުންތަކުންނެވެ. ފުރަތަމަ އުކުޅު: ވަކި އިންތިޒާމަކުން ފިލާވަޅު މުރާޖަޢާކުރުން ފިލާވަޅު މުރާޖަޢާކުރަން ފެށުމުގެ ކުރިން މުރާޖަޢާކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއްހަދާށެވެ. މިވެނި ގަޑިއެއްގައި ކިޔާނީ ކިތައް ޗެޕްޓަރ […]