ޖިންނީން (28)

ޖިންނިނާ ގާތްވުމުގެ ގޮތުން އެސޮރުމެންނަށް އެއްޗެހި ކަތިލާހަދައެވެ. ފަހެ، މީސްތަކުންގެ ތެރެއިން ޖިންނީންނަށް ކުއްތަންވުމަށް ޖަނަވާރުތައް ކަތިލާމީހުން އެކުރަނީ ﷲ އާއި އެއިލާހުގެ ރަސޫލާ ޙަރާމް ކުރައްވާފައިވާ ޝިރުކުގެ ޢަމަލެކެވެ. ހަމަކަށަވަރުން ޖިންނީންނަށް ކަތިލުން ނަހީކުރައްވާފައިވާ ބަސްފުޅުތައް ރިވާވެގެން އައިސްފައިވެއެވެ. މުޞީބާތް ޖެހިފައިވާމީހަކު ދުޢާކޮށް ޛިކުރުތައް ކިޔާހެދުމުން އެކަމުން ބަރީއަވެއެވެ. އަދި އެސޮރުމެންނަށް އަމުރުކޮށް ނަހީކޮށް އެއްޗެހިކިޔާ ލަޢުނަތްދީހެދުމުން މަޤްޞަދު ޙާޞިލުވެއެވެ. އަދި ހަމައެހެންމެ އެފަދަކަމަކުން ޖިންނީންގެ ތެރެއިން ބައިގަނޑެއް ބަލިވެ ނުވަތަ މަރުވެއްޖެނަމަ، ފަހެ އެއީ […]