ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -5

7. ޖުވައިރިޔާ ބިންތު އަލްޙާރިޘް رضي الله عنها: ބަނޫ އަލްމުޞްޠަލަޤު ހަނގުރާމައިގައި މުސްލިމުންގެ އަސީރެއްގެ ގޮތުގައި އެކަމަނާ ގެނެވުނެވެ. އެކަމަނާ މިނިވަންވެވަޑައިގެންނެވުމުގެ ކަންކަމުގައި އެހީތެރިވެދެއްވުން އެދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އެކަމަނާ ވަޑައިގެންނެވިއެވެ. ފަހެ، އެކަމަނާ މިނިވަންވުމުގެ އަގަކީ، އެކަމަނާ އެކަލޭގެފާނާ ކައިވެނި ބައްލަވައިގެންނެވުމުން ކައިވެނީގެ ރަންކަމުގައި ހަމަޖައްސަވައިދެއްވުމަށް އެކަލޭގެފާނު ހުށަހެޅުއްވުމުން އެކަމަނާ އެކަން ޤަބޫލުކުރެއްވިއެވެ. ދެން ފަހެ، އެކަލޭގެފާނު އެކަމަނާއާ ކައިވެނިބައްލަވައިގަންނަވާ އެކަމަނާ މިނިވަންކޮށްދިނުން އެއީ ކައިވެނީގެ […]