އެންމެ ބުރަ އަޅުކަން އަދި އެންމެ ހެޔޮވެގެންވާ ކޮއްތު

ކުޅަދާނަކަން ލިބިގެންވާމީހާ އުމުރުން އެއް ފަހަރު ޙައްޖުވުމަކީ އިސްލާމްދީނުގެ އެއް ރުކުނެވެ. އެހެން އަޅުކަންތަކާއި ޚިލާފަށް، ޙައްޖަކީ ހައްޓަށް ބުރަ އަދި މާލީގޮތުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އަޅުކަމެކެވެ. ޙައްޖުކުރުމުގައި އެތައް ރާސްތާއަކަށް ފައިމަގުގައި ހިނގަންޖެހެއެވެ. މިނާ، ޢަރަފާތު އަދި މުޒްދަލިފާގައި ބައިބޯކަމުގެ ސަބަބުން އެތައް އުނދަގުލެއް ތަޙައްމަލުކުރަން ޖެހެއެވެ. ޢާއްމު ދިރިއުޅުމުގައި ކިޔޫގައި ނުޖެހި ފަސޭހައިން ކުރެވޭކަންކަންވެސް، ޙައްޖުގައި ކުރަންޖެހެނީ ކިޔޫތަކުގައި ޖެހިގެންނެވެ. އެހެން މުސްލިމު އަޚުންގެ ފަރާތުން ހިތްހަމަނުޖެހޭ ކަންކަމާވެސް ކުރިމަތިލާން ޖެހެނީ މަދު […]