ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 4

މީގެ އިތުރުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަހުލުވެރިންނަށް ވަގުތު ދެއްވާ މިންވަރު އެކަލޭގެފާނުގެ ދަތުރުފުޅުތަކުންވެސް ހާމަވެގެންދެއެވެ. ފަހެ އެކަލޭގެފާނު ދަތުރުފުޅެއްގައި ނިކުންނަވާ ކަމުގައިވާނަމަ އަނބީންގެ މެދުގައި ގުރުއަތުލައްވައެވެ. އަދި ގުރުއަތުން ދިމާވާ އަނބިކަނބަލެއް ގެންދަވައެވެ. ބައެއް ފަހަރު އެއް އަންބަށްވުރެ ގިނަ އަނބިކަނބަލުން ވެސް ގެންދަވައެވެ. ހަމައެއާއެކު، އެކަނބަލުންނާ ވާހަކަ ދެއްކެވުމަށް ދަތުރު މަތީގައި ވަގުތު ހުސްކުރައްވައެވެ. ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: “ނަބިއްޔާ صلى الله عليه وسلم (ދަރުތެއްގައި) […]