ޢިލްމުގެ ފައިދާތައް
![](https://dhisalafiyyah.net/wp-content/uploads/2017/11/ilmuge-faidhaa-thah.jpg)
ފައިދާހުރި ޢިލްމުގެ ސަބަބުން ޢަޤީދާ ޞައްޙަވެ، ނަފްސު ތަޒްކިޔާވެ އަދި ޚުލުޤު ރިވެތިވެއެވެ. އަދި އޭގެ ސަބަބަން ހެޔޮ ޢަމަލުތަކުގައި ރަނގަޅު މޭވާއަޅައެވެ. ޢިލްމަކީ އެކަނިވެރިކަމުގައިވާ އެކުވެރިޔާއެވެ. އަދި އެކަހެރިކަމުގައިވާ ބައިވެރިޔާއެވެ. އަދި އެއީ ސުވަރުގެއަށް މަގުދައްކާ ނޫރެވެ. އަދި އެއީ އެންމެ މަތިވެރި އަޅުކަންތަކުންކުރެ އަޅުކަމެކެވެ. ބިޝްރުލް ޙާފީ ވިދާޅުވިއެވެ. “ޢިލްމު ހޯދުމަށްވުރެ މަތިވެރިކަމެއް މިބިންމަތީގައިވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ.” ޢިލްމުގެ އޮށް އިންދައިފިމީހަކު ތޫނުފިލިކަން ލިބިގަންނާނެއެވެ. އަދި މަޑުމައިތިރިކަން އިންދައިފިމީހަކަށް ހައިބަތު ލިބިގެންދާނެއެވެ. އިބްނު […]