ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 15

އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރު ހިންގާލަމާތޯއެވެ. ކުރިން ދެންނެވި ފަދައިން، އެމީހުންގެ އަނބިންނާއި ދަރީން އަމިއްލަ ލޮލަށް ހަމައެކަނި ފެންނަ ވަގުތަކީ ދަންވަރު ގެއަށް ނިދަން އަންނަ ވަގުތު ކަމުގައިވާ މީހުން މަދެއް ނޫނެވެ. ހަފުތާ ބަންދުގެ ހުކުރު ދުވަހު ފިޔަވައި އެނޫން އެއްވެސް ދުވަހަކު އަނބިދަރިންނާ އެކު އެއް މޭޒުމަތިން ކާލަން ވަގުތު ހުސްކޮށް ނުލެވޭ މީހުން މަދެއް ނޫނެވެ. އަދި މީގެ އިތުރުން ، އަނބިދަރިން ކައިރީގައި ، ނުވަތަ އެހާމެ ފަސޭހައިން ކުޑަ […]