ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 25

އަޅުގަނޑުމެންގެ މުޖުތަމަޢުއިން މިޔާ ޚިލާފަށް ގިނަ މީހުންގެ ޢަމަލުތައް ހުންނަކަމީ ނުހަނު ހިތާމަކުރަން ޖެހޭ ކަމެކެވެ. ފަހެ އެމީހުން އެމީހުންގެ އަނބީން އެކަނިމާ އެކަނި ތަންތަނަށް ދާން ދޫކޮށްލައެވެ. އެއްވެސް ރައްކާތެރިކަމެއް ނެތިއެވެ. ބައެއް ފަހަރު މަޖުބޫރުވެސް ކުރުވައެވެ. އަނެއްބައި ފަހަރު ކޮންމެވެސް ހިލޭ ފިރިހެނަކާ އެކީވެސް ދާން ދޫކޮށްލައެވެ. ދައްޔޫޘުން ކަންކުރާ ފަދައިންނެވެ. ތިމާގެ ރައްޓެހިންނާ އެކީ ކޮންމެވެސް ތަނަކަށް ދާންވެގެން ނޫނީ ކޮފީއަކަށް ދާން މާ މުހިއްމުވާތީއެވެ. ނުވަތަ ގޭގައި ބަލަން އިން ޓީވީ […]