ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 41

އަދި އަނބިކަނބަލުން އެކަލޭގެފާނާ ގުޅުން ކެނޑުމުންވެސް އެކަމަށް ކެތްތެރިވެވަޑައިގަންނެވިއެވެ: ފަހެ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ބައެއް ފަހަރު ހެނދުނުން ފެށިގެން ރޭގަނޑުވަންދެން އެކަލޭގެފާނާ ވާހަކަ ނުދައްކާ ހުންނަވާ ޚަބަރު ޢުމަރު رضي الله عنه އަށް ލިބިވަޑައިގަތުމުން އެކަލޭގެފާނުގެ ދަރިކަލުން ޙަފްޞާ رضي الله عنها ގެ އަރިހަށް ވަޑައިގެން ސުވާލު ކުރެއްވިއެވެ: “ކަމަނާ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ކިބައިން ރުޖޫޢަވެ (އަނގައި ނުބުނެ) ހުންނަން ހެއްޔެވެ؟” އެކަމަނާ ޖަވާބުގައި […]