ސަނާކިއުން 2
ޢަބްދުއްރަޙްމާން ބުން ޖުބައިރު ބުން ނުފައިރުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިބާގެ އަޚާގެ ކުރިމަތީގައި ތިބާ، އޭނާއަށް ސަނާކިޔުމަކީ އޭނާގެ ކަރުގައި ތޫނު އެއްޗެއް ޖެއްސުންފަދަ ކަމެކެވެ.” އަދި ވިދާޅުވިއެވެ. “އިބްނު ޢުމަރުގެ އަރިހުގައި މީހަކު އެކަލޭގފާނަށް ސަނާކިޔެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.” «إِذَا رَأَيْتُمُ الْمَدَّاحِينَ فَاحْثُوا فِي وُجُوهِهِمُ التُّرَابَ» މާނައީ: “ގިނައިން ސަނާކިޔާބަޔަކު ތިޔަބައިމީހުންނަށް ފެންނަ ހިނދު، ފަހެ، […]