މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުން 1

ﷲ ތަޢާލާގެ ނިޢުމަތްތައް ލިއްބައިދޭ އަދި އެއިލާހުގެ ޢުޤޫބާތް އެއްކިބާކޮށްދޭ އެންމެ ބޮޑެތި ސަބަބުތަކަކީ އެއިލާހަށް ކިޔަމަން ގަތުމާއި ކުއްތަންވުމާ އަދި އަޅުތަކުންނަށް އިޙްސާންތެރިވުމެވެ. ޝިރުކުން އެއްކިބާވެފައިވާ މިދީން އައިސްފައިވަނީ، ޢިލްމާއި ޢަމަލާއިގެންނެވެ. އަދި ﷲ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމާއެކު، މީސްތަކުންނާ ރިވެތި ގޮތުގައި މުޢާމަލާތްކުރުމަށްވެސް މިދީނުގައި އަމުރުކުރައްވާފައިވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. “ﷲ އަށް އަޅުކަންކޮށްފައި މީސްތަކުންނަށް އިޙްސާންތެރިވާ މީހާ ދަންނައެވެ. އޭނާ އެވަނީ ﷲ ގެ ޙައްޤުތައް އަދާކޮށް، ﷲގެ އަޅުތަކުންގެ […]