ޢިއްދާގައި އިން އަންހެނަކާ ކައިވެނިކުރަން ހުށަހެޅުން
![](https://dhisalafiyyah.net/wp-content/uploads/2018/07/ihdhaigai-in-anhenaka-kaiveni-kurumah-hushahelhun-1024x640.jpg)
ސުވާލު: ވަރިވެފައިވާ އަންހެނަކާ އޭނާގެ ޢިއްދައިގެ މުއްދަތުގެ ތެރޭގައި ކައިވެނިކުރަން ހުށަހެޅުމަކީ (ޚިޠުބާކުރުމަކީ) ހުއްދަކަމެއް ހެއްޔެވެ؟ — ޖަވާބު: الحمد لله ފުރަތަމައީ، ކައިވެނިކުރަން ހުށަހެޅުން (ޚިޠުބާކުރުން) ދެގޮތަކަށް ވެއެވެ. އެއީ ޞަރީޙަކޮށް ހުށަހެޅުން އަދި ޞަރީޙަނޫން ގޮތަކަށް ކައިވެނިކުރަން ހުށަހެޅޭ ހުށަހެޅުމެވެ. ޞަރީޙަކޮށް ހުށަހެޅުމަކީ ކައިވެނިކުރުން ނޫން އެހެން މާނައެއް ދޭހަނުވާ ގޮތަށް އެފަދަ ލަފުޒުތަކެއް ހިމަނައިގެން ބުނާބުނުމެވެ. މިސާލަކަށް ތިބާގެ ޢިއްދަ ނިމުމުން އަހަރެން ތިބާއާ ކައިވެނި ކުރާނަމެވެ. ނުވަތަ އަންހެންމީހާގެ ވަލީވެރިންގެ […]