ޚުލްޢުކުރުމާއި ވަރިކުރުމާއި ފަސްޚުކުރުމުގެ ތަފާތު
ދެމަފިރިން ވަކިކުރުން އޮންނަނީ ދެގޮތަކަށެވެ. އެއީ ވަރިކުރުމާއި ފަސްޚުކުރުމެވެ. ވަރިކުރުމާއި ފަސްޚުކުރުމުގެ ތަފާތަކީ ވަރިއަކީ ފިރިމީހާގެ ފުށުން ދެމަފިރިންގެ ކައިވެނީގެ ގުޅުމަށް ނިމުމެއް ގެނައުމެވެ. ވަރީގެ ޚާއްޞަ މަޝްހޫރު ލަފުޒުތައް ވެއެވެ. ފަސްޚުކުރުމަކީ ކައިވެނީގެ ޢަޤްދު ކެންސަލްކޮށް، ކައިވެނީގެ ގުޅުން އޭގެ އަޞްލުން އެއްކޮށް ނިއުޅާލުމެވެ. މީގެ ކުރިން ކައިވެނި ކޮށްފައިނުވާ ފަދައިންނެވެ. މިކަން މިގޮތަށް ކުރެވެނީ ޤާޟީއެއްގެ ޙުކުމުން ނުވަތަ ޝަރުޢީ ޙުކުމަކުންނެވެ. ވަރިއާއި ފަސްޚުގެ ތަފާތުތަކަކީ 1- ވަރި ކުރެވޭނީ ފިރިމީހާއަށެވެ. އޭނާގެ އިޚްތިޔާރާއި […]