ނަމާދުގައި އިމާމު މީހާއަށްވުރެ ކުރިން މައުމޫމުން ޙަރަކާތްކުރުން
ނަމާދުގައި އިމާމު މީހާއަށްވުރެ ކުރިން މައުމޫމުން ޙަރަކާތްކުރުމަކީ ޙަރާމް ކަމެކެވެ. ނަމާދުގައި އިމާމު މީހާއަށް ވުރެ ކުރިން މައުމޫމު ޙަރަކާތްކޮށްފި (އެކަމުގެ ޙުކުމް އެނގި ހުރުމާއެކު ޤަސްތުގައި) ނަމަ ނަމާދު ބާޠިލުވާނެއެވެ. އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ ، فَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا ، فَإِذَا رَكَعَ فَارْكَعُوا ، وَإِذَا رَفَعَ […]