އައްޝައިޚް މުޙައްމަދު ޢަލީ އާދަމް އަލްއިތިޔޯޕީ – رحمه الله – 2

ޝައިޚް އަވަހާރަވީ ހިޖްރައިން 1442 ވަނަ އަހަރުގެ ޞަފަރު މަހުގެ އެކާވީސްވީ ބުރާސްފަތި ދުވަހުގެ ހެނދުނު، މައްކާގައެވެ. އަދި ޖަނާޒާ އޮތީ އެދުވަހުގެ ޢިޝާ ނަމާދުގެ ފަހުގައެވެ. އަދި ފަސްދާނު ލެވުނީ މައްކާގެ މަޤްބަރަތު ޝުހަދާއުލް ޙަރަމުގައެވެ.