ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުން – 2

މުނާފިޤުންނާ ބެހޭގޮތުން ﷲ ތަޢާލާ ސޫރަތެއް ބާވައިލެއްވިއެވެ. އެއީ سُورَةُ المُنَافِقُون އެވެ. އަދި سُورَة بَرَاءَة (އެބަހީ: ތައުބާ ސޫރަތުގައި) ގައި ވެސް އެބައިމީހުންނާ ބެހޭ ގިނަ އާޔަތްތަކެއް ވެއެވެ. އެހެންކަމުން އެ ސޫރަތަކީ މުނާފިޤުންނަށް އެންމެ ވަރުގަދައަށް ވަޢީދުގެ ބަސްތައް ހުރި ސޫރަތެވެ.