ފިޤުހު – 3 (ފެން ބެހިގެންވާ ބައިތައް | ޠަހޫރު ފެން)

باب: المياه ޢަރަބި ބަހުގައި المَاءُ ގެ މާނައަކީ: ފެނެވެ. المِيَاه އަކީ المَاءُ ގެ ގިނަ ގޮތެވެ. ފެނުގެ ވާހަކަ ޛިކުރުކޮށްފައިވާ ބާބުގައި އެ ލަފްޒުގެ ޖަމްޢުގެ ޞީޣާއިން ޢިލްމުވެރިން ގެންނަވަނީ ފެނުގެ އެކި ބާވަތްތައް އޭގެ ދަށުން ބަޔާންކުރެއްވުމަށްޓަކައެވެ. [1] ފެން ބެހިގެންވާ ބައިތައް ފުރަތަމައީ: ޠަހޫރު ފެން – ޠަހޫރު ފެނަކީ: އެއީ އޭގެ ވަސް ނުވަތަ ކުލަ ނުވަތަ ރަހަ ތަޣައްޔަރުވެފައި ނުވާ، އެ ޚަލްޤުކުރެއްވި ގޮތަށް […]