ކައިވެނީގެ ފުރަތަމަ ރޭގެ އަދަބުތައް -7-
ޢަޒަލުކުރުން ހުއްދަވެގެންވުން ޢަޒަލުކުރުމަކީ ދެމަފިރިކަމުގެ ގުޅުން ހިންގުމުގައި ފިރިމީހާގެ ދަރިފަނި އަންހެނާގެ ރަޙިމަށް ވާޞިލްވުމަށް މަނާކޮށް، އަންހެނާގެ ހަށިގަނޑުން ބޭރަށް ދަރިފަނި ދޫކުރުމަށްޓަކައި ފިރިހެނާގެ ގުނަވަން އަންހެނާގެ ފަރުޖުން ނެރުމެވެ. އަންހެނާގެ ހަށިގަނޑުން ބޭރަށް ދަރިފަނި ދޫކުރުމަކީ ފިރިމީހާއަށް ހުއްދަވެގެންވާ ކަމެކެކެވެ. އަދި މިކަމާ ގުޅޭ ޙަދީޘްތައް ތިރީގައި ބަޔާންކޮށްލާނަމެވެ. ޖާބިރު –ރަޟިޔަﷲޢަންހު- ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((كُنَّا نَعْزِلُ وَالْقُرْآنُ يَنْزِلُ)) މާނައީ: ” ޤުރްއާން ބާވައިލެއްވެމުން ދިޔައިރު ތިމަންބޭކަލުން ޢަޒަލުކުރައްވާކަމުގައި ވީމެވެ.…