މަދީނާގެ މާތްކަން 2

މަދީނާގެ މާތްކަމުގެ ތެރޭގައި މަދީނާގެ ބިމުގައި އަމާންކަން ލިބިގެންވާ ޙަރަމެއް ﷲ ތަޢާލާ ލެއްވުން ހިމެނިގެންވެއެވެ. މައްކާ ގައިވެސް އަމާންކަން ލިބިގެންވާ ޙަރަމެއް ﷲ ތަޢާލާ ލެއްވިފަދައިންނެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ.
އުޟްޙިޔާ ކަތިލުން

އުޟްޙިޔާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި އަޟްޙާޢީދުގެ ދުވަސްތަކުގައި ކަތިލެވޭ ނަޢަމްސޫފިތަކަށް ކިޔާނަމެކެވެ.
ހަމަލޮލަށް ނުފެނުނަސް ވާނެއެވެ

ސުވަރުގެއާއި ނަރަކައާއި މާތްﷲ ގެ މަޚްލޫޤުން ކަމުގައިވާ މަލާއިކަތުންނާއި، ޖިންނި ޝައިޠާނުންނާއި އަދި މި ނޫނަސް ރޫޙާނީ ތަންތަނާއި އެއްޗިއްސަކީ ޙައްޤު ކަން ކޮންމެ މުސްލިމަކުމެ ޤަބޫލު ކުރަންޖެހެއެވެ. ހަމަ އެކަނި ތަފާތަކީ މިތަކެތި ލޮލަށް ނުފެންނަ ކަމެވެ. މާތްﷲ ވަނީ އަޅުގަނޑުމެން މުސްލިމުންނަށް އެކަން ބަޔާނޮކޮށްދެއްވާފައެވެ. ވީއިރު ލޮލަށް ނުފެންނަ އެއްޗެއްކަމުގައިވިޔަސް އެއީ ޙައްޤުކަމުގައިވާނަމަ އެއަކަށް އީމާންވުމީ ލާޒިމް ވެގެންވާ ކަމެކެވެ. މިތަކެއްޗަށް އީމާންވުން ލާޒިމްވެގެންވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫނެވެ. މުސްލިމު ނޫން މީސްތަކުންނަށްވެސް މާތްﷲވަނީ […]
އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ

ލޮބުވެތި މުސްލިމުންނޭވެ! މި މާތް ޞަހާބިއްޔާގެ ޙަޔާތުގެ ޞަފްޙާތައް ވިދާޅުވުމަށް ވަގުތުކޮޅެއް ހުސްކޮށްލަމާތޯއެވެ. އަޑު އައްސަވާށެވެ. އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ އަކީ މަދީނާގެ އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިންވާ ޞަޙާބިއްޔާއެކެވެ.
އީމާންކަމުގެ ދެފުށް

އީމާންކަމަކީ އިސްލާމްކަމުގެ ހިތެވެ. އަދި އޭގެ ކުރިބޯއްޓެވެ. އަދި ޔަޤީނަކީ އީމާންކަމުގެ ހިތެވެ. އަދި އޭގެ ކުރިބޯއްޓެވެ. އެހެންކަމުން އީމާންކަމާއި ޔަޤީން އިތުރުނުކުރާ ކޮންމެ ޢަމަލަކާއި ޢިލްމަކީ ބޭކާރުއެއްޗެކެވެ. ހަމައެފަދައިން ޢަމަލުނުކުރާނަމަ ތިމަންނައަކީ މުއުމިނެކޭ ބުނެ އިޢުލާންކުރުމަކުން ކުރާނޭ ފައިދާ އެއްނެތެވެ.