ތިބާގެ ނަބިއްޔާ – ދަލާއިލުއް ތައުޙީދި 5
9- ތިބާގެ ނަބިއްޔާއަކީ ކާކު؟ ޖަވާބު: އެއީ ޙާޝިމްގެ ދަރި ޢަބުދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲގެ ދަރި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އެވެ. އަދި ޙާޝިމް އަކީ ގުރައިޝް ވަންހައިގެ މީހެކެވެ. އަދި ގުރައިޝްވަންހަ އަކީ ކިނާނަތު ދަރިކޮޅުގެ ވަންހައެކެވެ. ކިނާނަތަކީ ޢަރަބީންގެ ތެރެއިންވާ ބައެކެވެ. އަދި ޢަރަބިންނަކީ ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅެވެ. އިބްރާހީމް ޢަލައިހިއްސަލާމްއަކީ ނޫޙު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ. 10- އެކަލާގެފާނަށް ނަބީކަން ޙަވާލުކުރެވުނީ ކޮން…