ރޯދަ ވީއްލާއިރު اللَّهُمَّ لَكَ صُمْتُ وعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ މިދުޢާ ކިޔުން

” رسول الله صلى الله عليه و سلم ރޯދަ ވިއްލަވާއިރު ޙަދީޘްފުޅުކުރައްވައެވެ. (ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ.)”
ނަމާދުކުރުމަށް މިސްކިތަށް ދިޔުމުގެ އަދަބުތައް

އޭ މުސްލިމް އަޚާއެވެ! ނަމާދުކުރުމަށް މިސްކިތަށް ދިޔުމަށް ޝަރުޢުވެގެންވާ އަދަބުތައް ދެނެގަތުމަކީ ހަމަކަށަވަރުންވެސް ތިބާއަށް މުހިއްމު ކަމެކެވެ. އެއީ ނަމާދަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެނީ، ނަމާދަކީ މަތިވެރިވެގެންވާ އަޅުކަމަކަށްވުމާއިއެކު، ޒީނަތްތެރިކަން ލިބިގެންވާޙާލު ނަމާދުކުރުމަށްޓަކައި ނަމާދަށް ދިޔުމުގެ ކުރިން އެކަށީގެންވާގޮތަށް ތައްޔާރުވުންވެއެވެ. މުސްލިމުންގެ ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި ހިނގާފައިދާއިރު ހަމަހިމޭންކަމާއި މަޑުމޮޅިކަމާއެކީ ދިޔުންވެއެވެ. ހަމަހިމޭންކަމަކީ އަވަސް އަރައިގަތުމެއްނެތި މެދުމިނެއްގައި ހިނގާފައިދިޔުމެވެ. އަދި މަޑުމޮޅިކަމަކީ ހިނގާފައިދާއިރު ބެލުންތިރިކުރުމާއި، ވާހަކަ ދައްކާއިރު އަޑު މަޑުކުރުމެވެ. ބުޚާރީއާއި މުސްލިމުގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް […]