ސުނަން އަބީދާވުދު

ފޮތުގެ ނަން: އިމާމް އަބޫދާވުދު ރަޙިމަހުﷲ ތަޢާލާ ލިޔުއްވާފައިވާ މަޝްހޫރު ޙަދީޘްފޮތް ޢިލްމުވެރިންގެ މެދުގައި މަޝްހޫރުވެފައިވަނީ “އައްސުނަން” ގެ ނަމުންނެވެ. މިނަން މިފޮތަށް ދެއްވާފައި ވަނީ ޚުދު އިމާމް އަބޫދާވުދެވެ. އެކަލޭގެފާނުގެ މިފޮތާ ބެހޭގޮތުން މައްކާގެ އަހުލުވެރިން ދެންނެވި ސުވާލަށް ޖާވާބުދެއްވުމުގެ ގޮތުން ފޮނުއްވި ސިޓީފުޅުގައި މިފޮތަށް “އައްސުނަން”ގެ ނަން ދެއްވާފައިވެއެވެ. ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި “ސުނަން” އަކީ ޙުކުމްތަކާ ބެހޭ ޙަދީޘްތައް، ފިޤުހީ ބާބުތަކަށް ތަރުތީބުކުރައްވާފައިވާ ޙަދީޘް ފޮތްތަކެވެ. މިގޮތުން އާއްމުގޮތެއްގައި ކިތާބުތައް ގެންނަވާފައިވާނީ އެންމެ […]