އަވައްޓެރިންނަށް ހެޔޮކޮށް ހިތާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ އަކީ ހުރިހާގޮތަކުންވެސް އަޅުގަނޑުމެންނަށް ހުރި ފުރިހަަމަ ނަމޫނާއެކެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް މެއެވެ. ލޮބުވެތި އަޚުންނޭވެ! އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއަކީ އަވައްޓެރިންނަށް ވަރަށްބޮޑަށް އިސްކަންދީ ޤަދަރާއި އިޙްތިރާމާއި އެހީތެރިކަންދީގެން އުޅެމުން އައި ވަަރަށް އެކުވެރި މުޖުތަމަޢުއެކެވެ. ނަމަވެސް މި ރީތި އާދަ މިހާރު ވަނީ މުޅީންހެން ނެތިގެން ދާންފަށައިފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ ދައްކަވާދެއްވާފައިވާ ރިވެތި އުސޫލުތައް އަޅުގަނޑުމެން ފުރިހަމަގޮތުގައި ބަލައިގަނެ…