ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ބޭނުން -ދަލާއިލުއް ތައުޙީދި 9

14- ﷲ ސުބްޙާނަހޫ ވަތަޢާލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ ކޮންކަމަކައިގެން؟
ޖަވާބު: އެއީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށާއި އެއިލާހާ
ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން

އިންސާނާގެ އުމުރަކީ ވަރަށް ކުރު މުއްދަތެކެވެ. ވަރަށް ގިނަ ބައިވަރު ކަންތައްތަކެއް ކުރަން ރާވާފައި ވަނިކޮށް އޭގެތެރެއިން ގިނަ ކަންތައްތަކެއް ހާޞިލުނުވެ އުޅެނިކޮށް މިދުނިޔެއާއި ވަކިވަން އޮންނަނީ ޖެހިފައެވެ. އެހެންކަމުން ތިމާއަށް ލިބޭ ހުސް ވަޤުތުގައި ފައިދާއެއްލިބެނިވި ކޮންމެވެސް ކަމެއް ކުރުމަށް އަވަސްވެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިބާގެ އުމުރާއި ބެހޭގޮތުން ޤިޔާމަތްދުވަހުގައި ސުވާލު ކުރެވޭނެއެވެ. ތިބާގެ އުމުރުން ﷲ ތަޢާލާއަށްޓަކައި ހޭދަކުރި ވަޤުތަކުން ނޫނީ ޤިޔާމަތްދުވަހުގައި ފައިދާއެއްނުކުރާނެއެވެ. ވަޤުތަކީ ފާއިތުވެއްޖެނަމަ އަނބުރާ ލިބޭނެއެއްޗެއްނޫނެވެ. އެހެންކަމުން ތިބާއަށްލިބޭ […]