ކޮންމެ މުސްލިމަކު އުނގެނިގަތުމާއި ޢަމަލުކުރުން ވާޖިބުވެގެންވާ ތިން ކަމެއް – ދަލާއިލުއް ތައުޙީދި 13
18- ކޮންމެ މުސްލިމަކު އުނގެނިގަތުން ޢަމަލުކުރުން ވާޖިބުވެގެންވާ ތިން ކަންތަކަކީ ކޮބާ؟ ޖަވާބު: ފުރަތަމަ ކަންތައް: އަހަރެމެން ހެއްދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި އަހަރެމެންނަށް ރިޒްޤުދެއްވަނީ އެއިލާހުކަމާއި އަހަރެމެން ހެއްދެވުމަށްފަހު ހިތުހުރިހައި ގޮތަކަށް އުޅެން އެއިލާހު އަހަރެމެން ދޫނުކުރައްވާކަމާއި އަދި ކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިކަމާއި، އެރަސޫލާއަށް ކިޔަމަންތެރިކަން އަދާކޮށްފިމީހާ ސުވަރުގެ ވަންނާނޭކަމާއި އެ ރަސޫލާއަށް އުރެދިއްޖެމީހާ ނަރަކައަށް ވަންނާނޭކަން ދެވަނަކަންތައް: ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއްވެސް އަޅުކަމެއްގައި އެއްވެސް ޝިރުކެއް ކުރުމަކަށް އެއިލާހު…