ޤިޔާމަތްދުވަހަކީ ކޮންދުވަހެއްތޯއެވެ؟
އާދެ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްކަމާއި މެދަކު މުއުމިނަކު ޝައްކެއްނުކުރާނެއެވެ. ޤިޔާމަތް ދުވަހޭބުނުން ކޮންމެ މުސްލިމަކަށްވެސް އެއީކޮންދުވަހެއްކަން އެނގޭނެއެވެ. ނަމަވެސް އިންސާނުންނަކީ ވަރަށް އަވަހަށް ހަނދާންނެތޭބައެކެވެ. މާއްދިއްޔަތުގެ އަނދިރިކަމުގައި ޖެހި ޣާފިލުވާބައެކެވެ. އެކަކު އަނެކަކަށް ހައްޤައް ވަޞިއްޔަތްކޮށް ހެދުމަށް ދީނުގައި އަންގަވާފައިވަނީ އެހެންވެގެންނެވެ. އަދި ހަނދުމަކޮށްދިނުމުން މުއުމިނުންނަށް ފައިދާކުރާނެކަމުގައި ﷲ ތަޢާލާ އަންގަވާފައިވެއެވެ. އާދެ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްތޯއެވެ؟ އެއީ ގަދަފަދަވެގެންވާ އަޑު އަންނަދުވަހެވެ. އެއީ އަޅާ އޭނާގެ އަޚާގެ ކިބައިން ފިލަންދާނޭ ދުވަހެވެ. އަދި އަޅާ އޭނާގެ މައިންބަފައިންގެ ކިބައިން…