ޢަޤީދާގެ ފިލާވަޅު 8 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “قَدِيمٌ بِلاَ ابْتِدَاءٍ، دَائِمٌ بِلاَ انْتِهَاءٍ”. ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެއިލާހީ ފެށުމެއްނުވާ ޤަދީމުވަންތަ އިލާހެވެ. އަދި ނިމުމެއްނުވާ ދާއިމުވަންތަ އިލާހެވެ.” _________________________________________________________________ ޝަރަޙަ: * އިމާމް ޠަޙާވީ ރަޙިމަހުﷲ މިޖުމްލައިން އަންގައިދޭން ބޭނުންވެވަޑައިގެންފައިވަނީ ޚަލްޤުކުރެވިފައިވާ އެންމެހާ ތަކެއްޗާ އެއްވައްތަރުވުމުން އެއިލާހާ ހުސްޠާހިރުވެގެންވާކަމެވެ. އެއިލާހީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ އަބަދަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އީމާމް ޠަޙާވީ ރަޙިމަހުﷲ ގެންނަވާފައިވާ “القَدِيمُ” އާއި “الدَّائِمُ” މިއީ ޤުރުއާނާއި ސުންނަތުގައި، ﷲގެ އިސްމުފުޅުތަކުގެ […]
ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (3)

ދެވަނައީ: ޢަވްރަ ނިވާކުރުން : ޢަވްރަ ނިވާކުރުން ވަނީ ނަމާދުގެ ޝަރުޠުތަކުގެ ތެރެއިންނެވެ. އެއީ ނިވާކުރުން ވާޖިބުވެގެންވާ، އަދި ފާޅުކުރުން ހުތުރުވެގެންވާ ލަތުވެތިކަމަށްވާ ހިސާބު ނިވާކުރުމެވެ. الله تعالى ވަޙީކުރެއްވިއެވެ. ((يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ)) الأعراف: 31 މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ކޮންމެ ނަމާދެއްގެވަގުތު ތިޔަބައިމީހުން ތިޔަބައިމީހުންގެ ޒީނަތުގައި ހިފާށެވެ. (އެބަހީ ޢަވްރަނިވާވާވަރުގެ ފޭރާމެއް ލާށެވެ.)” އެބަހީ، ކޮންމެ ނަމާދެއްގައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. […]