އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑު – ދަލާއިލުއްތައުޙީދި 15
23- ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެންގެ މައްޗަށް ފުރަތަމަ ވާޖިބުކުރެއްވި ކަމަކީ ކޮބާ؟ ޖަވާބު: އެއީ ޠާޣޫތަށް ކާފިރުވުމާއި، ﷲ އަށް އީމާންވުމެވެ. މިކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “لاَ إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لاَ انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ” البقرة: ٢٥٦ މާނަ: “ދީނަށް ވެއްދުމުގައި ގަދަހެދުމެއް ނުވެއެވެ. އެހެނީ…