[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭ ﷲ ގެ އަޅުތަކުންނޭވެ! މިޤުދުސިއްޔަ ޙަދީޘްފުޅުން ނަސޭހަތް ލިބިގަންނަމާތޯއެވެ.

  عَنْ أَبِي ذَرٍّ الغفاريِّ رَضِيَ اللهُ عَنْهُ: عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا يَرْوِيْهِ عَنْ رَبِّهِ – عَزَّ وَجَلَّ- أَنَّهُ ” قَالَ : (يَا عِبَادِيْ: إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلاَ تَظَالَمُوا. يَا عِبَادِيْ: كُلُّكُمْ ضَالٌّ إِلاَّ مَنْ هَدَيْتُهُ، فَاسْتَهْدُونِي أَهْدِكُمْ. يَا عِبَادِيْ: كُلُّكُمْ جَائِعٌ إِلاَّ مَنْ أَطْعَمْتُهُ، فَاسْتَطْعِمُونِي أُطْعِمْكُمْ. […]

ސިޙުރު – ހައްލަކީ ކޮބާ؟

ޝެއިޚުގެ ވާހަކަކޮޅުން، ދީނީޢިލްމު އުނގެނިފައިނުވާ ކުދިން ރުޤްޔާ ހަދައިގެން ނުވާނެކަން ދޭހައެއް ނުވެއެވެ. އެހެނީ ޝެއިޚްވަނީ އެހެންތަނެއްގައި ރުޤްޔާހަދަމުންދާ ކުދިންނަށް އެކަމުގެ ފުރިހަމަ މަޢުލޫމާތުދީ، ވޯރކްޝޮޕްތައް ހިންގައި، ހުއްދަކަންތަކާއި ހުއްދަނޫންކަންތައް ބަޔާންކޮށްދިނުމަށް ނަޞޭޙައްތެރިވެލައްވާފައެވެ. އަދި މިގޮތަށް ޢަމަލުކުރުމުންވެސް، ދީނާއި ޚިލާފުކަންތައް ދޫނުކޮށްފިނަމަ، ދެން އެކުދިންލައްވައި ރުޤްޔާ ނުހެއްދުމަށް ޝެއިޚްވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 1

أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ (މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް އަހުރެން ހެކިވަމެވެ.) މިއީ ހަމައެކަނި ދުލުކުރިން ކިޔާލުމުން ފުދޭނޭ ކަލިމައެއްނޫނެވެ. އޭގެ އިތުރުން އެކަލިމަ ދުލުން ކިޔުމާއިއެކު އެކަލިމައިގެ ހަޤީޤަތް ދެނެގަނެ އެކަލިމައަށް ، އެކަލިމައިގެ ހައްޤު ދޭންޖެހެއެވެ. މިކަލިމައިގެ ހަޤީޤަތައްބަލާއިރު، މި ކަލިމައިގައި ގިނަކަންތައްތަކެއް އެކުލެވިގެން ވެއެވެ. އޭގެތެރެއިން އެންމެ އިސް އަސާސަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް އީމާންވުމެވެ. ޔަޤީންކަމާއި އެކު ފުރިހަމަ އީމާނަކުން އެކަލޭގެފާނަކީ ﷲ ތަޢާލާގެ ހައްޤު ރަސޫލާކަމަށް އީމާންވާން […]

ސިޙުރުވެރިންގެ އަނިޔާވެރިކަން

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ސިޙުރުވެރިން އުޅޭކަމީ ހިތާމަޔާއެކީ ފާހަގަކުރާކަމަކެވެ. މިފަދަ މީހުންގެ ސަބަބުން އެތައް ބަޔަކަށް ތަފާތު ވައްތަރުގެ ގޯނާކޮށް އުނދަގޫކޮށް ހަދައެވެ. މީހުން މޮޔަކޮށް، ދަރިންނުލިބޭގޮތް ހަދައި، ނަފުސާނީގޮތުން އުނދަގޫކުރިމަތިކުރުވައި، ދެމަފިރިން ދެމެދުގައި ފިތުނަ އުފައްދައި ވަރިފަށަށް އަރުވައި، ދެމަފިރިން އެއްދާންކުރުމަށް ހުރަސްއަޅައި، ދެމީހަކު ގަދަކަމުން ތަތްކުރުމަކީ މިގޮތުން މިނުބައިމީހުން ކޮށްއުޅޭ މަޝްހޫރުކަންކަމެވެ. އަޖައިބުކުރުވަނިވިކަމަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިކަމަށް ބޭނުންކުރަމުން އައި ނަމުގެ ސަބަބުން ޢާއްމުމީހުންނަށް މިކަން އޮޅިފައި އޮތްކަމެވެ. މިގޮތުން ޢާއްމުންނަށް ޤަބޫލުކުރެވިފައިވާގޮތުގައި ސިޙުރަކީ މިއީ […]