[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 1

أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ (މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް އަހުރެން ހެކިވަމެވެ.) މިއީ ހަމައެކަނި ދުލުކުރިން ކިޔާލުމުން ފުދޭނޭ ކަލިމައެއްނޫނެވެ. އޭގެ އިތުރުން އެކަލިމަ ދުލުން ކިޔުމާއިއެކު އެކަލިމައިގެ ހަޤީޤަތް ދެނެގަނެ އެކަލިމައަށް ، އެކަލިމައިގެ ހައްޤު ދޭންޖެހެއެވެ. މިކަލިމައިގެ ހަޤީޤަތައްބަލާއިރު، މި ކަލިމައިގައި ގިނަކަންތައްތަކެއް އެކުލެވިގެން ވެއެވެ.

އޭގެތެރެއިން އެންމެ އިސް އަސާސަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް އީމާންވުމެވެ. ޔަޤީންކަމާއި އެކު ފުރިހަމަ އީމާނަކުން އެކަލޭގެފާނަކީ ﷲ ތަޢާލާގެ ހައްޤު ރަސޫލާކަމަށް އީމާންވާން ޖެހެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” مُّحَمَّدٌ رَّسُولُ اللَّهِ ” سورةالفتح 29 މާނަ : ” މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާއެވެ. “ އެކަލޭގެފާނުގެ ރިސާލަތަކީ ވަކި މީހަކަށް ޚާއްސަ ރިސާލަތެއް ނޫންކަމާއި ، އެންމެހައި އިންސާނުންގެ މައްޗައް އާންމުވެގެންވާ ރިސާލަތެއްކަމަށް އީމާންވާންޖެހެއެވެ. ޢަރަބީންނާއި ޢަޖަމީންގެ މައްޗަށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا ” سورةالأعراف 158  މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން އެންމެންގެ ގާތަށް ފޮނުއްވުނު ރަސޫލެކެވެ. “ އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ” وَمَا أَرْسَلْنَاكَ إِلاَّ كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ ” سورة سبأ  27 މާނަ: ” އެންމެހާ މީސްތަކުންގެ ގާތަކަށް މެނުވީ ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ. “

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً ” (صحيح البخاري) މާނަ: ” ތިމަންކަލޭގެފާނުގެ ކުރީގެ ނަބިއްޔުން ފޮނުއްވުނުކަމުގައިވީ ޚާއްސަކޮށް އެބޭކަލުންގެ ޤައުމުގެ މީހުންގެ ގާތަށެވެ. އަދި ތިމަންކަލޭގެފާނު ފޮނުއްވުނީ އާއްމުކޮށް އެންމެހައި މީސްތަކުންގެ ގާތަށެވެ.” އަދިވެސް އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِى أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِىٌّ وَلاَ نَصْرَانِىٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِى أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ ” (صحيح مسلم ) މާނަ : ” މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނާއި ބެހޭގޮތުން އަޑު އިވުމައްފަހުގައި، ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ޔަހޫދީއެއްކަމުގައި ވިޔަސް އަދި ނަޞާރާއެއްކަމުގައި ވިޔަސް، ތިމަންކަލޭގެފާނު އެކަންތަކާއިގެން ފޮނުއްވުނު ކަންތައްތަކަށް އީމާންނުވެ މަރުވެއްޖެ ކަމުގައިވާނަމަ، އެއީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ.”

އަދިކިއެއްހެއްޔެވެ. އެކަލޭގެފާނުގެ ރިސާލަތު އެންމެހައި ޖީންނީންގެ މައްޗަށްވެސް އާއްމުވެގެން ވެއެވެ.ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا فَلَمَّا قُضِيَ وَلَّوْا إِلَى قَوْمِهِم مُّنذِرِينَ ” سورة الأحقاف 29   މާނަ :” ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، ޤުރުއާންގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރު ވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެ މީހުންގެ ގާތަށް އިންޒާރުކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ. “    ” قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَى مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَى طَرِيقٍ مُّسْتَقِيمٍ ” سورة الأحقاف 30  މާނަ : ” އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ޙައްޤު ގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަަތެވެ. “   ” يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ” سورة الأحقاف 31   މާނަ: ” (އެ ޖިންނީން ބުންޏެވެ) އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ﷲ ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: މުޙައްމަދު ގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް އީމާންވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި ޢަޒާބުން އެކަލާނގެ ތިޔަބައިމީހުން ދިންނަވާނެތެވެ. “ ” وَمَن لاَّ يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الأَرْضِ وَلَيْسَ لَهُ مِن دُونِهِ أَولِيَاء أُوْلَئِكَ فِي ضَلالٍ مُّبِينٍ ” سورة الأحقاف 32   މާނަ: ” އަދި ﷲ ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ ދަންނާށެވެ! ފަހެ، އޭނާއީ ބިމުގައި ﷲ ތަޢާލާގެ ބާރުކަނޑުވައިލުމަށް ކުޅަދާނަ މީހަކު ކަމުގައި ނުވެތެވެ. އަދި އެކަލާާނގެ ފިޔަވައި އޭނާއަށް އެހީތެރި ވާނޭ ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ. “

ނުނިމޭ –

އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد

ފަހުގެބައިތައް