ތަވްޙީދު ފިލާވަޅު 3 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

ތަވްޙީދުލް އުލޫހިއްޔާ ތަވްޙީދުލް އުލޫހިއްޔާއަކީ އެއްމެހައި އަޅުކަމެއްގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. އެ އަޅުކަންތައް އެއިލާހަށް ޚާލިޞްކޮށް ކުރުމެވެ. ބޭރުފުށުންކުރާ އަޅުކަމާއި، ހިތުންކުރާ އަޅުކަމުގައިވެސްމެއެވެ. ބޭރުފުށުންކުރާ އަޅުކަންތަކަކީ ނަމާދާއި ޙައްޖާއި ޞަދަޤާތްކުރުމާއި އެފަދަ އެހެން އަޅުކަންތަކެވެ. ހިތުންކުރާ އަޅުކަންތަކަކީ އުއްމީދުކުރުމާއި ބިރުވެތިވުމާއި މިފަދަ އަޅުކަންތަކެވެ. ތަވްޙީދުލް އުލޫހިއްޔާއަށް ‘ތަވްޙީދުލް ޢިބާދާ’އޭވެސް ކިޔެއެވެ. ނަން ބިނާވެގެންވަނީ ނިސްބަތްކުރެވޭ ފާރާތެއްގެ މައްޗަށެވެ. މިގޮތުން، ﷲތަޢާލާއަށް އިޟާފަތުކޮށް ނިސްބަތްކޮށްފިނަމަ ކިޔާނީ ތަވްޙީދުލް އުލޫހިއްޔާއެވެ. އަދި މަޚްލޫޤުންނަށް އިޟާފަތުކޮށް ނިސްބަތްކޮށްފިނަމަ ކިޔާނީ ތަވްޙީދުލް […]
ޙައްޤު ހޯދުމަށް ކުރި ދަތުރު (ސަލްމާނުލް ފާރިސީ رضي الله عنه)

އީރާނުގެ އިސްފަހާން ކިޔާ ރަށެއްގައި އުޅުއްވި ސަލްމާނުލް ފާރިސީ رضي الله عنه އެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ އެރަށުގެ ވެރިއެކެވެ. ދުނިޔޭގައިވާ ހުރިހާ ތަކެއްޗަކަށްވުރެ އެކަލޭގެފާނުގެ ބައްޕާފުޅު އެކަލޭގެފާނަށް ލޯބިކޮށް އިތުބާރުކުރެއެވެ. އެކަލޭގެފާނަށް އިތުބާރުކުރާކަން ހުރީ, ބައްޕަ ކަލާނގެކަމަށް ބަލާ އަލިފާން، އެއަލިފާން ނިވައިނުލާ ބެލެހެއްޓުމަށް އިސްކުރައްވާފައިވުމެވެ. އެކަލޭގެފާނުގެ ބައްޕާފުޅުގެ މިލްކުގައި ދަނޑެއް އޮވެއެވެ. އެއްދުވަހަކު އަވަދިނެތި މަސައްކަތުގައި އުޅެމުން، ބައްޕަގެ މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައި ސަލްމާނު رضي الله عنه އަށް ދަނޑަށް ދިޔުމަށް އެންގެވިއެވެ. ދިޔަ […]
ނަމާދުގެ ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތައް (2)

ނަމާދުގެ ވާޖިބުތައް : ނަމާދުގެ ވާޖިބުތައް އަށެކެވެ. ފުރަތަމައީ : ޙަރަމް ބަން ތަކުބިރު ފިޔަވައި އެހެން ހުރިހާ ތަކުބިރުތަކެއް ވަނީ ނަމާދުގެ ވާޖިބުތަކުގެ ތެރެއިންނެވެ. ދެވަނައީ : التَسْمِيْعُ އެވެ. އެއީ އިމާމްމިހާ އާއި އެކަނި ނަމާދުކުރާމީހާ ރުކޫޢުން ތެދުވަމުން ((سَمِعَ اللَّهُ لِمَنْ حَمِدَهُ)) ކިޔުމެވެ. މައުމޫމުމީހާ މިފަދައިން ކިޔުމެއް ނުވެއެވެ. ތިންވަނައީ : التَّحْمِيْدُ އެވެ. އެއީ އިމާމްމިހާ އާއި މައުމޫމުމީހާ އާއި އެކަނި ނަމާދުކުރާމީހާ ((رَبَّنَا وَلَكَ الْحَمْدُ)) ކިޔުމެވެ. ނަބިއްޔާ […]