[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލު -ދަލާއިލުއްތައުޙީދި 17

 28- ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލަކީ ކޮބާ؟ ޖަވާބު: ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލަކީ ފަރްޟު ފަސް ނަމާދެވެ. އެނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައްވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ޝަރުޠަކީ އިސްލާމަކު ކަމުގައިވުމެވެ. އަދި ބުއްދި ސަލާމަތުން ހުރުމާއި، ތަންދޮރު އެނގިފައިވުމާއި، ދެ ޙަދަޘުން ޠާހިރުވެގެންވުމާއި، ނަޖިސް ފިލުވައިލައިގެން ހުރުމާއި، ޢައުރަ ނިވާކުރުމާއި، ޤިބްލައަށް ކުރިމަތިލުމާއި، ވަޤުތުވަނުމާއި ނަމާދަށް ނިޔަތްގަތުމަކީވެސް ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ނަމާދުގައި ސާދަ ރުކުންވެއެވެ. އެއީ ކުޅަދާނަވެގެންވާ […]

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 3

ހަމަލޮލަށް ނުފެނުމަކީ ނުވާކަމުގެ ދަލީލެއް ނޫނެވެ. އަޅުގަނޑުމެންގެ ހަމަލޮލަށް ޖިންނީން ނުފެނުމަކީ، އެއީ ނުވާ ބައެއްކަމުގެ ދަލީލެއް ނޫނެވެ. އެހެނީ ހަމަލޮލަށް ނުފެންނަ ކިތަންމެ އެއްޗެއް ވުޖޫދުގައި ވާކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ރޭއާއި ދުވާލު އެއަކުން އަޅުގަނޑުމެން ފައިދާ ޙާޞިލުކުރަމުންމިދާ ކަރަންޓަށް ބަލާށެވެ. އެ، އަޅުގަނޑުމެންގެ ހަމަލޮލަށް ފެނޭތޯއެވެ؟ އަޅުގަނޑުމެން ދިރިތިބުމަށްޓަކައި ނޭވާލުމަށް ބޭނުންކުރާ އޮކްސިޖެން އަޅުގަނޑުމެންގެ ހަމަލޮލަށް ފެނޭތޯއެވެ؟ އެއެއްޗެއް ލިބުނީތީ ފަޚުރުވެރިވެ، އެއަށް ނުވިސްނޭ ކޮންމެ އެއްޗަކީ، އަދި ކަމަކީ ޙައްޤު ނޫންކަމަށް […]