كِتَابُ الطَّهَارَة – ޠަހާރަތުގެ ޙުކުމްތައް

އަޅުގަނޑުމެން ދިވެހިންނަކީ ޢާއްމުކޮށް ދީނީ ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ ބައެއްކަމުގައި ވިޔަސް، ދީނީ ގިނަ ޙުކުމްތައް އޮޅުން ފިލުވާދެވިފައި ނެތުމާއި އަދި ލިޔެވިފައި ހުރި ދީނީ ފޮތްތައް މަދުކަމާއިއެކު އެފަދަ ކަންކަން ރަނގަޅަށް އެނގިފައި ތިބި މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަދެވެ. ޚާއްޞަކޮށް އަޅުކަމުގެ ދާއިރާއާއި ޠަހާރަތުގެ ދާއިރާގެ ކަންތައްތައް ކުރަންޖެހޭގޮތް ގިނަމީހުންނަށް ރަނގަޅަށް ނޭނގެއެވެ. މިގޮތުން ޖުނުބުވެރިވުމުން ފުރިހަމައަށް ހިނައިގަންނަން އެނގެނީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު މީހަކަށެވެ. މިފަދަ މަޢުލޫމާތު ހޯދަން ބަލާލި […]
شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 4

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި އެންމެހައި ކަމެއް ތެދުކުރުމީ شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ( މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުން ) މި ކަލިމައިގެ ޙަޤީޤަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ކަންކަން ތެދުނުކޮށް ޝަހާދަތް ފުރިހަމަ ނުވާނެއެވެ. ހަމައެކަނި ދުލުން ކިޔާލައި ހިތުން ތެދުނުކުރާނަމަ އެމީހަކީ ދޮގުވެރިއެކެވެ. މުނާފިޤެކެވެ. ހަޤީޤީ މުއުމިނުން ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި އެންމެހައި ކަމެއް ތެދުކުރުމުގެ ސަބަބުން […]