މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި އެންމެހައި ކަމެއް ތެދުކުރުމީ شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ( މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުން ) މި ކަލިމައިގެ ޙަޤީޤަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ކަންކަން ތެދުނުކޮށް ޝަހާދަތް ފުރިހަމަ ނުވާނެއެވެ. ހަމައެކަނި ދުލުން ކިޔާލައި ހިތުން ތެދުނުކުރާނަމަ އެމީހަކީ ދޮގުވެރިއެކެވެ. މުނާފިޤެކެވެ. ހަޤީޤީ މުއުމިނުން ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި އެންމެހައި ކަމެއް ތެދުކުރުމުގެ ސަބަބުން ﷲ ތަޢާލާ ވަނީ އެއިލާހުގެ ފޮތުގައި އެބައިމީހުންނަށް ޘަނާ ވަޙީކުރައްވާފައެވެ. އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. ” وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَـٰئِكَ هُمُ الْمُتَّقُونَ ﴿٣٣﴾ ” سورة الزمر މާނަ :” ތެދާއިގެން ވަޑައިގެންނެވި މީހާއާއި ، އަދި އެތެދު ޤަބޫލު ކުރާމީހާ ދަންނާށެވެ! އެއުރެންނީ، ހަމަ ތަޤުވާވެރިންނެވެ. “
ޤަތާދާ އާއި މުޖާހިދާއި ރަބީޢު ބިން އަނަސް އަދި އަދި އިބްނު މާލިކު (رحمهم الله) ވިދާޅުވެފައިވެއެވެ. ( ތެދާއިގެން ވަޑައިގެންނެވި ބޭކަލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ) ޢަބްދުއްރަޙުމާން ބިން ޒައިދު ބިން އަސްލަމް (رحمهم الله) ވިދާޅުވިއެވެ. ( ތެދާއިގެން ވަޑައިގެންނެވި ބޭކަލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އަދި އެ ތެދު ، ތެދުކޮށް ޤަބޫލުކުރި މީހުންނަކީ މުސްލިމުންނެވެ. )
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ކަންތައްތައް ދޮގުކުރި މީހުންނަށް ގަދަފަދަވެގެންވާ ޢަޒާބު ހުރިކަމަށް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى اللَّـهِ وَكَذَّبَ بِالصِّدْقِ إِذْ جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ ﴿٣٢﴾ ” سورة الزمر މާނަ : ” ފަހެ، ﷲ އާމެދު ދޮގުހަދައި، އަދި ތެދު އެމީހެއްގެގާތަށް އައިހިނދު، އެ ދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ކާފަރުން ތިބޭނޭ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟ “ ޝައްކެއްވެސް ނެތެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި އެންމެ ކަމެއްވިޔަސް ދޮގުކޮށްފިމީހާއީ ކާފަރުންގެ ތެރެއިންވާމީހެކެވެ. އެމީހަކު ވަދެ އޮންނާނެތަނެއްކަމުގައި ވާނީ ނަރަކަ އެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ޚަބަރުތައް ދޮގުކުރާމީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ އަލްމުއްދައްޘިރު ސޫރަތުގައި ވަޙީކުރައްވާފއި ވެއެވެ. ” ذَرْنِي وَمَنْ خَلَقْتُ وَحِيدًا ﴿١١﴾ وَجَعَلْتُ لَهُ مَالًا مَّمْدُودًا ﴿١٢﴾ وَبَنِينَ شُهُودًا ﴿١٣﴾ وَمَهَّدتُّ لَهُ تَمْهِيدًا ﴿١٤﴾ ثُمَّ يَطْمَعُ أَنْ أَزِيدَ ﴿١٥﴾ كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا ﴿١٦﴾ سَأُرْهِقُهُ صَعُودًا ﴿١٧﴾إِنَّهُ فَكَّرَ وَقَدَّرَ ﴿١٨﴾ فَقُتِلَ كَيْفَ قَدَّرَ ﴿١٩﴾ ثُمَّ قُتِلَ كَيْفَ قَدَّرَ ﴿٢٠﴾ ثُمَّ نَظَرَ ﴿٢١﴾ ثُمَّ عَبَسَ وَبَسَرَ ﴿٢٢﴾ ثُمَّ أَدْبَرَ وَاسْتَكْبَرَ ﴿٢٣﴾ فَقَالَ إِنْ هَـٰذَا إِلَّا سِحْرٌ يُؤْثَرُ ﴿٢٤﴾ إِنْ هَـٰذَا إِلَّا قَوْلُ الْبَشَرِ ﴿٢٥﴾ سَأُصْلِيهِ سَقَرَ ﴿٢٦﴾ ” سورة المدثر މާނަ : ” ތިމަން އިލާހާއި ، އެކަނި މައި އެކަނި ( އެއްވެސް މުދަލެއް ދަރިއެއް ނުވާ ހާލު މައިމީހާގެ ރަޙިމުގެ ތެރޭގައި )، ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ! (11) އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ. (12-13) އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.(14) ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ. (15) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ. (16) ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ ޢަޒާބަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ. (17) ހަމަކަށަވަރުން، އޭނާ ވިސްނައި ފިކުރުކޮށް ރޭވިއެވެ. (18) ފަހެ، އޭނާއަށް ލަޢުނަތްލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ (19) ދެން އޭނާޔަށް ލަޢުނަތްލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ (20) ދެން އޭނާ ބަލައި ވިސްނިއެވެ. (21) ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ. (22) ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. (23) ފަހެ، އޭނާ ބުންޏެވެ. ސިޙުރުވެރިންގެ ކިބައިން އައިސްފައިވާ ސިޙުރެއް ކަމުގައި މެނުވީ މި ޤުރުއާންނުވެއެވެ. (24) އާދަމުގެދަރިންގެ ބަސްކަމުގައި މެނުވީ މި ޤުރުއާންނުވެއެވެ. (25) ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ. (26) “
އަދި ކުރީގެ އުތްމަތްތަކާއި މެދުވެސް ، ﷲ ތަޢާލާގެ ރަސޫލުންގެ ޚަބަރުތައް ދޮގުކުރާމީހުންނާއިމެދު ، އެމީހުންނަށް ނިކަމެތިކަން ލިބެނިވި ޢަޒާބު ޙައްޤުވުން ، އެއީ ﷲ ތަޢާލާގެ ސުންނަތެއްކަމުގައި ވެފައިވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” إِن كُلٌّ إِلَّا كَذَّبَ الرُّسُلَ فَحَقَّ عِقَابِ ﴿١٤﴾ ” سورة ص މާނަ : ” އެއިން ކޮންމެބަޔަކުމެ، ރަސޫލުން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެތެވެ. ފަހެ އެއުރެންނަށް ތިމަންރަސްކަލާނގެ ޢަޒާބު ޙައްޤު ވެއްޖެއެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” ثُمَّ أَرْسَلْنَا رُسُلَنَا تَتْرَىٰ ۖ كُلَّ مَا جَاءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَاهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ ﴿٤٤﴾ ” سورة المؤمنون މާނަ : ” ދެން ތިމަންރަސްކަލާނގެ ރަސޫލުން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ އުއްމަތަކަށްވެސް އެ އުއްމަތެގެ ރަސޫލާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އެބޭކަލަކު ދޮގުކުރިއެވެ. ފަހެ، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އީމާންނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުށްޓެވެ. “
-ނުނިމޭ-
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد