އޮޅިއްޖެ…ވާނުވާއެއް ނޭގޭ…
އޮޅިއްޖެ، ވާނުވާއެއް ނޭނގޭ، މީ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް އިސްލާމީ މުޖުތަމަޢުތަކުން އިވެމުންދާ ބަސްތަކެކެވެ. ސުވާލަކީ ތިބާއަށް އޮޅުނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި ތިބާއަށް އޮޅުނީ ކީއްވެގެން ހެއްޔެވެ؟ އަދި ތިބާއަށް އޮޅުނުކަމުގައި ވަނީނަމަ އޮޅުން ފިލުވުމަށް މަސައްކަތް ކުރީމުހެއްޔެވެ؟ ތިބާ ޙައްޤު ހޯދުމަށް މަސައްކަތް ނުކުރަނީ ހަމައެއްގޮތެއްވެސް ނެތީމަހެއްޔެވެ؟ ދީނުގެ ޢިލްމު ހޯދުން ދޫކޮށްލާފައި، ނުވަތަ އެކަމުގެ ޢިލްމު ލިބިގެންތިއްބެވި ޢިލްމުވެރިންގެ ގާތުން ސުވާލުކޮށް އޮޅުންފިލުވުން ދޫކޮށްލައިގެން ހުރެ މިހާރު އޮޅިއްޖޭ ބުނެގެން…