މަރުވުމަށްފަހު އަލުން ދިރުއްވުން – ދަލާއިލުއްތައުޙީދި 18
29- ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެން މަރުގެންނެވުމަށްފަހު އަލުން ދިރުއްވާނެތަ؟ އަދި އަހަރެމެންގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ ޙިސާބު ބައްލަވާނެތަ؟ އަދި ﷲ އަށް ކިޔަމަންތެރިވި މީހުން ސުވަރުގެ ވައްދަވާނެތަ؟ އަދި އެއިލާހަށް ކާފިރުވެ ޝިރުކުކޮށް އުޅުނު މީސްތަކުން ނަރަކައަށް ވައްދަވާނެތަ؟ ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެން މަރުގެންނެވުމަށްފަހު އަލުން ދިރުއްވާނެއެވެ. އަދި އަހަރެމެންގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ ޙިސާބު ބައްލަވާނެއެވެ. އަދި ﷲ އަށް ކިޔަމަންތެރިވި މީހުން ސުވަރުގެ ވައްދަވާނެއެވެ. އަދި…