އީމާންކަމާއި އިޙްސާންކަން – ދަލާއިލުއްތައުޙީދި 22
33- އިސްލާމްދީނުގެ މަރުތަބާ ތަކުގެ ތެރެއިން ދެވަނަ މަރުތަބާއަކީ ކޮބާ؟ ޖަވާބު: އެއީ އީމާންކަމެވެ. 34- އީމާންކަމުގެ ގޮފިތައް ކިތައް؟ ޖަވާބު: އީމާންކަމުގެ ގޮފިތައް ހަތްދިހަ އެތައްބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެންމެ މަތީގައިވަނީ لاَ إِلَه إِلاَّ اللهُ އެވެ. އޭގެ އެންމެ ދަށުދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ އެއްޗިހި އެއްފަރާތްކޮށްލުމެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ގޮފިތަކުގެ ތެރެއިން ގޮތްޕެކެވެ. 35- އީމާންކަމުގެ ރުކުންތައް ކިތަކެއް؟ ޖަވާބު: އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ މާތް ﷲ…