[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމާއި އިޙްސާންކަން – ދަލާއިލުއްތައުޙީދި 22

33- އިސްލާމްދީނުގެ މަރުތަބާ ތަކުގެ ތެރެއިން ދެވަނަ މަރުތަބާއަކީ ކޮބާ؟

ޖަވާބު: އެއީ އީމާންކަމެވެ.

 34- އީމާންކަމުގެ ގޮފިތައް ކިތައް؟

ޖަވާބު: އީމާންކަމުގެ ގޮފިތައް ހަތްދިހަ އެތައްބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެންމެ މަތީގައިވަނީ لاَ إِلَه إِلاَّ اللهُ އެވެ. އޭގެ އެންމެ ދަށުދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ އެއްޗިހި އެއްފަރާތްކޮށްލުމެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ގޮފިތަކުގެ ތެރެއިން ގޮތްޕެކެވެ.

35- އީމާންކަމުގެ ރުކުންތައް ކިތަކެއް؟

ޖަވާބު: އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ މާތް ﷲ އަށް އީމާންވުމާއި، އެއިލާހުގެ މަލާއިކަތުންނަށް އީމާންވުމާއި، އެއިލާހު ބާވައިލެއްވި ފޮތްތަކަށް އީމާންވުމާއި، އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.

 36- އިސްލާމްދީނުގެ މަރުތަބާތަކުގެ ތެރެއިން ތިންވަނަ މަރުތަބާއަކީ ކޮބާ؟

ޖަވާބު: އެއީ އިޙްސާންކަމެވެ. އޭގައި ވަނީ އެންމެ ރުކުނެކެވެ. އެއީ ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު ތިބާ ދެކެދެނެވޮޑިގެންވެއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް