ވާރޭ ވެހުމާމެދު މުސްލިމުންގެ ޢަޤީދާ

ވާރޭވެހުން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރިޒުޤުގެ ތެރެއިންނެވެ. ވާރޭވެހުން ކަމަކަށް ނުވަތަ އެއްޗަކަށް ނިސްބަތް ކުރުމަކީ ހުއްދަކަމެއް ނޫނެވެ. މިސާލަކަށް ނަކަތަކަށް ނުވަތަ ތަރިއަކަށް ނުވަތަ މިނޫންވެސް އެއްޗަކަށް ވާރޭވެހުން ނިސްބަތެއް ނުކުރެވޭނެއެވެ. މިފަދަ އެއްޗަކަށް ވާރޭވެހުން ނިސްބަތްކުރުން ވެގެންދާނީ ﷲ އަށް ކުފުރުވުމުގެ ތެރެއިންނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. عَنْ زَيْدِ بْنِ خَالِدٍ رَضِيَ اللهُ عَنْهُ قَالَ: ((خَرَجْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ […]
ނުވައެއް… މައްސަލައެއްބާ؟

އޭ ލޮބުވެތި މުސްލިމުންނޭވެ! އަޅުގަނޑުމެން އީމާންވެއްޖެކަމަށް ބުނުމުން ނުވަތަ މުސްލިމުންނޭ ދުލުންބުނެލާ ބުނެލުމަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިމްތިޙާނުނުކޮށް ދުކޮށްލައްވާފާނެކަމަށް ހީކުރަނީހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން އީމާންކަމުގައި ތެދުވެރިންނާއި ދޮގުވެރިން އެއިލާހު ހަމަކަށަވަރުން ދެނެވޮޑިގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ހިދާޔަތެއްކަމުގައި ބާވައިލެއްވި ދުސްތޫރުގައި ވަޙީކުރައްވާފައިވެއެވެ. (أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾) މާނައީ: ” […]