[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 6

އަބީ ސަޢީދުނިލް ޚުދުރިއްޔި ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ބާލިޣުވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ހުކުރުދުވަހު ހިނައިގަތުން ވާޖިބުވެގެންވެއެވެ.”

އަހަރެންނަށް ކިޔަވައިދޭށެވެ…!

އުމުރުން އެންމެ 8 އަހަރުގެ ކުޑަކުއްޖެކެވެ.އިލްމު އުނގެނުމަށްޓަކައި މިކުއްޖާ އަމިއްލަ ވަޒަން ދޫކޮށް މަދީނާއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ. މި ކުއްޖާއަށް މަދީނާއަށް އާދެވުމުން އަވަސްވެގަތީ އިމާމް މާލިކުގެފާނުގެ އަރިހަށް ދިއުމަށެވެ. އިމާމް މާލިކު އެކަލޭނގެފާނުގެ ދަރިވަރުންނާއެކު އިންނެވިތަން މި ކުއްޖާއަށް ފެނުނެވެ. އެހިނދު އެ ކުއްޖާ އަވަސް އަވަހަށް އިމާމުގެ ދަރިވަރުންގެ ގާތު އިށީނެވެ. އިމާމް މާލިކުގެފާނުގެ އަރިހުގައިތިބި ކުދިން އެކަލޭގެފާނަށް ތަފާތު ސުވާލުތަށް ކުރިމަތިކުރައްވަމުން ގެންދެވިއެވެ. އަދި އެކަލޭނގެފާނުވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ. […]